ޕަރފޯމަންސް މެނޭޖުމަންޓް އާ ބެހޭ ސެމިނަރ ގައި ޗައިނާގެ ތަޖުރިބާތަކެއް ހިއްސާކޮށްފި

23 އޮކްޓޯބަރ 2018



ދިވެހި ސިވިލް ސަރވިސްގެ 20 މުވައްޒަފުން ޗައިނާގެ ހައިކޮއި ސިޓީއާއި ޝެންޙާއީ ސިޓީގައި ސިވިލް ސަރވިސް ހިންގުމުގައި ރަގަޅު ނަތީޖާ ނެރުމަށް ކަންކުރެވިދާނެ މޮޅުގޮތްތައް (ޕަރފޯމަންސް މެނޭޖުމަންޓް) ދެނެގަތުމުގެ ތަމްރީނުތައް މިހާރުވަނީ ފުރިހަމަކޮށްފައެވެ. މި ތަމްރީނު ސެމިނަރއަކީ ޗައިނާގެ ސަރުކާރުން ހުރިހާ ޚަރަދެއް ދެއްވައިގެން އެތަނުގެ މިނިސްޓްރީ އޮފް އިކޮނޮމިކުގެ ފަރާތުން އިންތިޒާމުކޮށް ރާވާފައިވާ ސެމިނާއެކެވެ.

މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހާސިލުކުރުމުގެ އިތުރުން މި ސެމިނަރގެ ތެރޭގައި ޗައިނާގެ އިޤުތިޞާދީ ބޮޑު މަޝްރޫޢުއެއްކަމުގައިވާ ޗައިނާ މެރިޓައިމް ރޯޑް ނުވަތަ ބެލްޓް އާއި ބެހޭ މަޢުލޫމާތު ހިއްސާކުރުން ހިމެނިފައިވެއެވެ. މިއީ ޗައިނާއާއެކު ވިޔަފާރިކުރަން ބޭނުންވާ ޤައުމުތަކާއި ދެމެދު އެއްގަމު އަދި ކަނޑުގެ މަގުން ގުޅާލައި ފަސޭހައިން ވިޔަފާރީގެ މުޢާމަލާތުތައް ހިންގުމަށް ޤާއިމުކުރެވެމުންދާ މަޝްރޫޢުއެކެވެ. ދިވެހި ރާއްޖެއިންވެސް މި މަޝްރޫޢުގައި ބައިވެރިވެއެވެ.

ފަންނުވެރި ތަމްރީނުތައް ދިނުމުގެ އިތުރުން މި ސެމިނަރގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންދަނީ އުމްރާނީގޮތުން ޗައިނާ ހޯދާފައިވާ ކުރިއެރުންތަކައި މުއްސަނދި ޘަޤާފަތް ބަލާލައި ތަޖުރިބާ ހިއްސާކުރުމުގެގޮތުން މަޝްހޫރު ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރަމުންނެވެ. ބައިވެރިން ބަޔާންކުރާގޮތުގައި މި ސެމިނަރއަކީ ވަރަށް ކާމިޔާބު އެތަކެއް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވިގެންދިޔަ ރަގަޅު ސެމިނަރއެކެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް