މި އޮކްޓޯބަރ މަހުގެ 11 އިން 24 އަށް ޗައިނާގައި ކުރިޔަށްދެވޭ 'ސެމިނަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް' ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 20 މުވައްޒަފުން އިދާރީ ހިންގުމާގުޅޭ ގޮތުން ޗައިނާގެ ތަޖުރިބާ ހާސިލުކޮށް މިކަމުގައި ކުރިއަރާފައިވާ ޒަމާނީ ގޮތްތަކުގެ ތަމްރީނު ހޯދަމުން އެބަގެންދެއެވެ.
ޗައިނާގައި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސްގެ ފަރާތުން އިންތިޒާމުކޮށް ކުރިޔަށްގެންދާ މި ތަމްރީނުތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައް މިހާރުވަނީ ނިމިފައެވެ. ހުރިހާ ޚަރަދެއް ޗައިނާގެ ސަރުކާރުން ދެއްވަވައިގެން ކުރިޔަށްގެންދެވޭ މި ތަމްރީނުތަކުން ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް ލިބި މަސައްކަތުގެ ޤާބިލުކަން އިތުރުވެގެންދާ ކަމުގައި ބައިވެރިންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023