ޗައިނާގައި ބޭއްވުނު ޕަބްލިކް އެޑްމިނިސްޓްރޭޝަން ސެމިނަރގެ ބައިވެރިން ރާއްޖެއަތުވެއްޖެ

28 އޮކްޓޯބަރ 2018



މި އޮކްޓޯބަރ 11 އިން 24 އަށް ޗައިނާގައި ބޭއްވުނު ސަރުކާރުގެ އިދާރީ ހިންގުމާބެހޭ ސެމިނަރ ގައި ބައިވެރިވި ދިވެހި ސިވިލް ސަރވިސްގެ 20 ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. މި ސެމިނަރއަކީ ޗައިނާގައި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ފަރާތުން އިންތިޒާމުކޮށް ޗައިނާގެ ސަރުކާރުން ހުރިހާ ޚަރަދެއް ދެއްވި ސެމިނަރއެކެވެ.

ސެމިނަރގެ ބައެއް ބައިވެރިން ޚިޔާލުދިން ގޮތުގައި މިއީ ކުރިއަރާފައިވާ އިޤުތިސާދެއްގައި ހަރުދަނާކަމާއެކު ސިވިލް ސަރވިސް ހިންގަމުން ގެންދާ ނިޒާމެއް ތަޖުރިބާކޮށްލަން ލިބުނު އަގުހުރި ފުރުސަތެކެވެ. މި ސެމިނަރގެ ތެރޭގައި ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޗައިނާގައި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ތަޢާރަފުކޮށްގެން އަމަލުކުރަމުންދާ އީޖާދީ އަދި އީޖާބީ ސިޔާސަތުތަކާއި ކަންކަން ތަޖުރިބާކޮށްލަންވެސް ފުރުސަތު ލިބިގެންދިޔައެވެ. ރާއްޖެފަދަ ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމެއްގެ ސިވިލް ސަރވަންޓުންނަށް ތަފާތު ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށްލުމަށް ލިބުނު ފުރުސަތެއްކަމަށް މި ދަތުރުވެގެން ދިޔަކަމުގައިވެސް ބައިވެރިން ދެންނެވިއެވެ.

ސެމިނަރގައި މަޢުލޫމާތާއި ތަޖުރިބާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ހިއްސާކުރިކަންކަމުގެ ތެރޭގައި ޗައިނާގެ ތަރައްޤީގެ ސިޔާސަތު ކުރިޔަށްގެންދެވޭ ގޮތާއި، ސަރުކާރުގެ އިދާރީ ހިންގުމާއި އޮނިގަނޑު ރުކުރުވާލެވި ހިންގޭގޮތާއި، އިޤްތިސާދީ ސިޔާސަތު ގެންދެވޭ ގޮތާއި އަދި ޗައިނާގެ މުއްސަދި ޘަޤާފަތާއި އާސާރީ ތަންތަން ދެނެގަނެ ބަލާލުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދިޔައެވެ.

ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް އާ ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ސިވިލް ސަރވިސްގެ ދާއިރާ ތަހުޤީގުކޮށް ޤާބިލުކަން އިތުރުކުރުމަށް ދެ ފަރާތު ދެމެދުގައި އެއްބާރުލުން ދިނުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން އެކުލަވާލެވިފައިވާ ފަހުމުނާމާއެއްގެ ދަށުން މި ސެމިނަރ އިންތިޒާމުކޮށް ބާއްވާދެމުން ޗައިނާއިން ގެންދެއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް