04 ނޮވެމްބަރ 2018
ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގެ 24 ދަރިވަރުން "އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޓުއަރ" އެއްގައި 2018 ނޮވެންބަރު 3 ގައި ސްރީލަންކާއަށް ފުރައިފިއެވެ. މިއީ ދަރިވަރުންގެ ޤާބިލިއްޔަތު އިތުރުކުރުމަށް މިފަދަ ގޮތަކަށް ރޭވިގެން ރާއްޖެއިން ބޭރަށް ކުރެވުނު ފުރަތަމަ ދަތުރެވެ. ކޯހުގެ ދަރިވަރުންނާއި ހަވާލުވެގެން މި ޓުއަރގައި ބައިވެރިވީ ސީއެސްޓީއައިގެ ސީނިއަރ ޓްރެއިނިންގ ކޯޑިނޭޓަރ އާމިނަތު ރުޝްމާއެވެ.
8 ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ޓުއަރ ގައި ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަން، މިނިސްޓްރީ އޮފް ސިޓީ ޕްލޭނިންގ އެންޑް ވޯޓަރ ސަޕްލައި އަދި މި ނޫންވެސް ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ސްރީލަންކާގެ ތާރީހީ ތަންތަނާއި ފެކްޓަރީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެންމެ ކޮލަމްބޯ ބިޒްނަސް ސުކޫލް، އޮޑިޓް ފަރމް އަދި "ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން" (ސްލީޑާ) އިން ދަރިވަރުންނަށް ހާއްސަކޮށްގެން ލެކްޗަރ ސެޝަންއެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ލެކްޗަރ ސެޝަންތަކުން ދަރިވަރުން ކޯހުގައި ކިޔެވި މޮޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
މި ދަތުރުގައި ހިންގުމުގެ ދާއިރާއިން ވަރަށް މުހިއްމު މައުލޫމާތުތަކަކާއި ތަޖުރިބާތަކެއްވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024