|
މަޤްޞަދު
|
|
1.
|
މި
ގަވާއިދުގެ
ބޭނުމަކީ،
ދިވެހި
ސިވިލް ސަރވިސް
ގައި ހިމެނޭ
އެއްވެސް
މުވައްޒަފަކަށް
ސިޔާސީ
އެއްވެސް
ހަރަކާތެއްގައި
ބައިވެރި
ނުވެވޭނެކަމަށް
ދިވެހި
ސިވިލް
ސާރިވިސް ގެ
ޤާނޫނުގެ 53
ވަނަ
މާއްދާގައ
ބަޔާންކޮށްފައި
ވާތީވެ،
ދިވެހި
ސިވިލް
ސަރވިސް ގެ
ޤާނޫނުގެ 53
ވަނަ
މާއްދާގައި
ބުނާ ސިޔާސީ
ހަރަކާތްތައް
މާނަކޮށް
ކަނޑައެޅުމާއި، އެ
މާއްދާ
ތަންފީޒު
ކުރުމަށްޓަކައި
ޢަމަލު
ކުރާނޭ
ގޮތްތައް
ކަނޑައެޅުމެވެ.
|
|
|
|
ގަވާއިދު
ހިންގޭނެ
ދާއިރާ
|
|
2.
|
ދިވެހި
ސިވިލް
ސަރވިސްގެ
އެންމެހައި
މުވައްޒަފުންގެ
މައްޗަށް މި
ގަވާއިދު
ހިންގޭނެއެވެ.
|
|
|
|
ސިޔާސީ
ހަރަކާތް
|
|
3.
|
މި
ގަވާއިދުގައި
ކަނޑައެޅިގެން
އެހެންގޮތަކަށް
ބުނެފައި
ނުވާނަމަ،
ސިޔާސީ
ޕާޓީއެއް
ކުރިއެރުވުމަށްޓަކައި
ނުވަތަ
ސިޔާސީ
ޕާޓީއެއްގެ
ކަމިޔާބީއަށް
ހުރަސް
އެޅުމަށްޓަކައި
ކުރާ
ކަންކަމާއި
ސިޔާސީ
މަޤާމަކަށް
އިންތިޚާބުވުމަށް
ކުރިމަތިލާފައިވާ
ކެނޑިޑޭޓަކަށް
ކާމިޔާބު
ހޯދައިދިނުމަށް
ނުވަތަ ސިޔާސީ
މަޤާމަކަށް
އިންތިޚާބުވުމަށް
ކުރިމަތިލާފައިވާ
ކެނޑިޑޭޓެއްގެ
ކާމިޔާބީ
އަށް
ހުރަސްއެޅުމަށް
ކުރާ
ކޮންމެކަމަކީ
ސިވިލް
ސަރވިސްގެ
ޤާނޫނުގެ 53
ވަނަ
މާއްދާގައި
ބުނެފައިވާ
ސިޔާސީ ހަރަކާތެއްކަމުގައި
ބެލެވޭނެއެވެ.
|
|
|
|
މަނާ
ކަންތައްތައް
|
|
4.
|
ތިރީގައި
ބުނެފައިވާ
ކަންކަމަކީ
ދިވެހި
ސިވިލް
ސަރވިސްގެ
ޤާނޫނުގެ 53
ވަނަ
މާއްދާގެ
ދަށުން
ސިވިލް
ސަރވިސްގެ މުވައްޒަފުން
ކުރުން މަނާ
ކަންތައްތަކެވެ.
|
|
|
(ހ)
|
ސިޔާސީ
ޕާޓީއެއްގެ
އެއްވެސް
މަގާމެއް
ފުރުމާއި
ވަޒީފާއެއް
އަދާ
ކުރުމާއި،
ސިޔާސީ ޕާޓީއެއްގެ
އެއްވެސް
ކޮމިޓީއެއްގެ
މެންބަރުކަން
ކުރުން.
|
|
|
(ށ)
|
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާޢަތެއް،
ޖަމްޢިއްޔާއެއް
ނުވަތަ ކްލަބެއްގެ
އެއްވެސް
މަގާމެއް
ފުރުމާއި ވަޒީފާއެއް
އަދާކުރުމާއި
އެފަދަ
ޖަމްޢިއްޔާއެއްގެ
ނުވަތަ
ޖަމާޢަތެއްގެ
ނުވަތަ ކްލަބެއްގެ
ކޮމިޓީއެއްގެ
މެންބަރުކަން
ކުރުން
ނުވަތަ ހިލޭސާބަހަށް
މަސައްކަތް
ކުރުން.
|
|
|
(ނ)
|
ސިޔާސީ
ޕާޓީއެއްގެ
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާޢަތެއް،
ޖަމްޢިއްޔާއެއްގެ
ނުވަތަ
އެފަދަ
ކްލަބެއްގެ
އެއްވެސް
ޖަލްސާއެއްގައި
ތަޤްރީރު ކުރުމާއި،
ޤަރާރު
ހުށަހެޅުމާއި،
ޤަރާރު ހުށަހެޅުމުގައި
ބައިވެރިވުމާއި،
ހުށަހެޅުން
ހުށަހެޅުމާއި،
ހުށަހެޅުން
ހުށަހެޅުމުގައި
ބައިވެރިވުމާއި،
ހުށަހެޅުން
ހުށަހެޅުމަށް
އެހީތެރިވެދިނުމާއި،
އެފަދަ
ޖަލްސާއެއްގެ
ލިޔެކިޔުން
ލިޔެ ބެލެހެއްޓުމާއި،
މިނޫންވެސް
ގޮތަކުން
އެޖަލްސާއަކަށް
ޢަމަލީ
އެއްވެސް
އެހީތެރިކަމެއް
ފޯރުކޮށްދިނުން.
|
|
|
(ރ)
|
ސިޔާސީ
ޕާޓީއެއްގެ
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތެއް، ޖަމްޢިއްޔާއެއް
ނުވަތަ
އެފަދަ
ކްލަބެއްގެ
ފަރާތުން
އިންތިޚާބަކަށް
ކުރިމަތިލާ
މީހަކަށް
އެއްވެސް
ގޮތަކުން
އެހީތެރިކަމެއް
ފޯރުކޮށްދިނުން
ނުވަތަ
އެފަދަ
މީހެއްގެ ކާމިޔާބީއަށް
ހުރަސް އެޅުމަށް
އެއްވެސް
ކަމެއް
ކުރުން.
|
|
|
(ބ)
|
ސިޔާސީ
ޕާޓީއެއްގެ
ފަރާތުން
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް ޖަމާއަތެއް،
ޖަމްޢިއްޔާއެއްގެ
ނުވަތަ
އެފަދަ
ކްލަބެއްގެ
ފަރާތުން
ޕެޓިޝަނެއް
ތައްޔާރު
ކުރުމުގެ
މަސައްކަތް
ކުރުން
ނުވަތަ
އެފަދަ
ޕެޓިޝަނަކަށް
ސޮއި ހޯދުމަށް
މަސައްކަތް
ކުރުން.
|
|
|
(ޅ)
|
ސިޔާސީ
ޕާޓީއެއްގެ
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތެއް، ޖަމްޢިއްޔާއެއްގެ
ނުވަތަ
އެފަދަ
ކްލަބެއްގެ
ނުވަތަ
އެއިން
ފަރާތެއްގެ
ކެނޑިޑޭޓެއްގެ
ލީފްލެޓާއި،
ކަރުދާހާއި،
ބެޖާއި، މިނޫންވެސް
މިފަދަ
ޕްރޮމޯޝަނަލް
ތަކެތި
ބަހައިހެދުން.
|
|
|
(ކ)
|
ސިޔާސީ
ޕާޓީއެއްގެ
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތެއް،
ޖަމްޢިއްޔާއެއްގެ
ނުވަތަ
އެފަދަ
ކްލަބެއްގެ
ނުވަތަ
އެއިން
ފަރާތެއްގެ
ބެޖާއި ނިޝާނާއި،
ފާހަގަތަކާއި،
ޕޯސްޓަރާއި،
މިފަދަ
ތަކެތި
މީހާގެ
ހަށިގަނޑުގައި
ނުވަތަ
ހެދުމުގައި
ހަރުކުރުމާއި،
އެފަދަ ތަކެތި
އެހެންމީހުންނަށް
ފެންނާނޭގޮތް
މެދުވެރިކުރުން.
|
|
|
(އ)
|
ސިޔާސީ
ޕާޓީއަކުން
ނުވަތަ
ސިޔާސީ
ހަރަކާތެއްގައ
ބައިވެރިވާ
ޖަމާއަތަކުން،
ޖަމްޢިއްޔާއަކުން
ނުވަތަ
އެފަދަ
ކްލަބަކުން
ނުވަތަ
މިނޫންވެސް
އެފަދަ
ފަރާތަކުން
ބާއްވާ ސިޔާސީ
ހިނގާލުމެއް،
ނުވަތަ
މުޒާހަރާއެއް،
ނުވަތަ
ފުޅަނދު
ބުރެއް
ރޭވުމާއި ، ނުވަތަ
ސިޔާސީ
ބޭނުމަކަށް
ހިންގާ
ހަރާކާތެއް
އިންތިޒާމް
ކުރުމުގައި
ބައިވެރިވުމާއި،
އެފަދަ
ކަމެއް ރޭވުމުގައި
ޢަމަލީގޮތުން
ބައިވެރިވުމާއި،
އެއިން
ކަމެއްގައި
ބައިވެރިވުމާއި،
އެއިން
ކަމެއްގެ
ތެރޭގައި
ތަޤްރީރު
ކުރުން.
|
|
|
(ވ)
|
އެއްވެސް
ސިޔާސީ
ޕާޓީއަކަށް
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
ޖަމާއަތަކަށް، ޖަމްޢިއްޔާއަކަށްް
ނުވަތަ
އެފަދަ
ކްލަބަކަށް
ނުވަތަ
މިނޫންވެސް
ސިޔާސީ
އެއްވެސް ފަރާތަކަށް،
ނުވަތަ
ކަމަކަށް
ނުވަތަ
ބޭނުމަކަށް
ނުވަތަ
ސިޔާސީ
މަގާމަކަށް
މީހަކު
ހޮވުމަށް
ބާއްވާ
އިންތިޚާބަކަށް
ކުރިމަތިލާފައިވާ
ކެނޑިޑޭޓަކަށް
ތާއީދު
ހޯދުމުގެ
ގޮތުން
ފައިސާ
ދިނުމާއި،
ފައިސާ
ހޯދައިދިނުމާއި،
އެއިންކަމަކަށް
އެހީތެރިކަން
ފޯރުކޮށްދިނުން.
|
|
|
(މ)
|
ސިޔާސީ
ސިފައެއް
ނުވަތަ
ކުލައެއް
އެކުލެވޭ
އާއްމު
ޖަލްސާއެއް، އެއްވުމެއް، ހަފްލާއެއް،
އިޖްތިމާއީ
ބައްދަލުވުމެއް
ރޭވުމާއި،
ރޭވުމަށް
އެހީތެރިވެދިނުމާއި
އެފަދަ ތަންތަނުގައި
ތަޤުރީރުކުރުން.
|
|
|
(ފ)
|
ސިޔާސީ
ޖަލްސާއަކާ
ނުވަތަ
ހަފްލާއަކާ
ގުޅިގެން
ޓިކެޓް
ވިއްކުމާއި
ޓިކެޓް
ނުވަތަ ދަޢުވަތު
ބެހުން.
|
|
|
(ދ)
|
ސިޔާސީ
ޕާޓީއަކުން
ނުވަތަ ސިޔާސީ
ހަރާކަތެއްގައި
ބާއިވެރިވާ
ޖަމާއަތަކުން،
ޖަމްއިއްޔާއަކުން
ނުވަތަ
އެފަދަ
ކްލަބަކުން
ހިންގާ، ނުވަތަ
ސިޔާސީ
މަގާމަކަށް
މީހަކު
ހޮވުމަށް
ބާއްވާ
އިންތިޚާބަކަށް
ކުރިމަތިލާ
ކެންޑީޑޭޓަކު
ހިންގާ
ކެމްޕޭނެއްގައި
މަސައްކަތް
ކުރުމާއި،
އެހީތެރިވެދިނުމާއި،
އެއިން ފަރާތެއްގެ
ކެމްޕޭނު
އޮފީހުގައި
ނުވަތަ އިންތިޒާމުގެ
ތެރޭގައި
މަސައްކަތްކުރުން.
|
|
|
(ތ)
|
ސިޔާސީ
މަގާމަކަށް
ނުވަތަ
ކަމަކަށް
މީހަކު
ހޮވުމަށް
ބާއްވާ
އިންތިޚާބަކަށް
ކުރިމަތިލާ
ކެނޑިޑޭޓަކަށް
ނުވަތަ
ސިޔާސީ
ޕާޓީއަކަށް
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
ޖަމާއަތަކަށް،
ޖަމްޢިއްޔާއަކަށް
ނުވަތަ
އެފަދަ
ކްލަބަކަށް
ތާއީދުކޮށް،
ނުވަތަ
އެއިންފަރާތަކާ
ދެކޮޅަށް
އެއްވެސް
ލިޔުމެއް
ލިޔުމާއި،
އެފަދަ
ލިޔުމެއް
ނަން
ހާމަކޮށް
ނުވަތަ ނަން
ހާމަނުކޮށް
ޝާއިޢު ކުރުން.
|
|
|
(ލ)
|
ސިޔާސީ
މަގާމަކަށް
މީހަކު
އިންތިޚާބުކުރުމަށް
ނުވަތަ
ސިޔާސީ
ކަމަކަށް ބާއްވާ
ވޯޓުލުމެއްގައި، ވޯޓުލާ
ދުވަހު،
ކެނޑިޑޭޓެއްގެ
ފަރާތުން ނުވަތަ
ސިޔާސީ
ޕާޓީއެއްގެ
ފަރާތުން
ވޯޓުލާ މީހުން
ވޯޓުލާން
ގެންދިޔުމާއި، ގެންދިއުމަށް
އެއްވެސް
ސިފައެއްގައި
އެހީތެރިވެދިނުން.
މީގެ
ތެރޭގައި
އެމީހެއްގެ އަނބިމީހާއާއި
ދަރިން
އެމީހަކު
ދުއްވާ އުޅަނދެއްގައި
ގެންދިއުން
ފަދަކަންކަން
ނުހިމެނެއެވެ.
|
|
|
(ގ)
|
ސިޔާސީ
މަގާމަކަށް
މީހަކު
އިންތިޚާބުކުރުމަށް
ނުވަތަ
ސިޔާސީ
ކަމަކަށް
ބާއްވާ ވޯޓުލުމެއްގައި،
އެއްވެސް
ސިޔާސީ
ޕާޓީއެއްގެ ނުވަތަ
ކެނޑިޑޭޓެއްގެ
ފަރާތުން
މަންދޫބެއްގެ
ނުވަތަ
ވަކީލެއްގެ
ނުވަތަ
މޮނިޓަރެއްގެ
ނުވަތަ އޮބްޒާރވަރެއްގެ
ނުވަތަ
ވޮޗަރެއްގެ
ހައިސިއްޔަތުން
ވޯޓުފޮށި
ދޮށުގައި
ހުރުމާއި، ވޯޓު
ގުނާ
ތަނުގައި
ހުރުން.
|
|
|
(ޏ)
|
ސިޔާސީ
އެއްވެސް
ހަރަކާތަކަށް
މާލީގޮތުން
ނުވަތަ
އެނޫން
ވަސީލަތަކުން
އެހީވުން.
|
|
|
(ސ)
|
ދިވެހި
ސިވިލް
ސާރވިސްގެ
ޤާނޫނާއި
ގަވާއިދުގައިވާ
ވާޖިބުތައް
އަދާކުރުމުގައި
އެއްވެސް
ސިޔާސީ
ގުޅުމަކަށް،
ނުވަތަ
މަގްސަދަކަށް
ބުރަވުން.
|
|
|
(ޑ)
|
ސިޔާސީ
މަގާމަކަށް
މީހަކު
އިންތިޚާބުކުރުމަށް
ނުވަތަ
ސިޔާސީ
ކަމަކަށް
ބާއްވާ ވޯޓުލުމެއްގައި،
އެއްވެސް
މީހެއްގެ
ވޯޓަށް ނުފޫޒު
ފޯރުވުމުގެ
ގޮތުން
މަގާމު
ބޭނުންކޮށްގެން
އެއްވެސް
ވަޢުދެއް
ކުރުން
ނުވަތަ
ބިރެއްދެއްކުން
ނުވަތަ އިންޒާރެއްދިނުން.
|
|
|
(ޒ)
|
އެއްވެސް
ސިޔާސީ
ޕާޓީއަކަށް
ނުވަތަ
އިންތިޚާބަކަށް
ކުރިމަތިލާފައިވާ
ކެނޑިޑޭޓަކަށް
ތާއީދު
ހޯދުމުގެ
ގޮތުން،
ނުވަތަ
ސިޔާސީ ޕާޓީއެއްގެ
ނުވަތަ
އިންތިޚާބަކަށް
ކުރިމަތިލާފައިވާ
ކެނޑިޑޭޓެއްގެ
ކާމިޔާބީ
އަށް
ދަތިކުރުމުގެ
ނުވަތަ
ހުރަސް
އެޅުމުގެގޮތުން
މަގާމުގެ
ބޭނުންކޮށްގެން
ސިވިލް ސާރވިސްގެ
މުވައްޒަފަކު
ވަޒީފާއިން
ވަކިކުރުން
ނުވަތަ
ޕްރޮމޯޓް
ކުރުން،
ނުވަތަ
ޑިމޯޓް ކުރުން
ނުވަތަ
އެހެން
ތަނަކަށް
ބަދަލުކުރުން،
ނުވަތަ
ވަޒީފާގެ
މަސައްކަތުން
އެކަހެރިކުރުން، ނުވަތަ
މުސާރައަށް
ޢިނާޔަތަކަށް
ބަދަލު
ގެނައުން، ނުވަތަ
މުސާރަ
ނުވަތަ
ޢިނާޔަތެއް
ނުދީ ހިފެހެއްޓުން،
ނުވަތަ
މިއިންކަމެއް
ކުރާނެކަމުގެ
ވަޢުދެއް
ކުރުން
ނުވަތަ
މިއިންކަމެއް
ކޮށްފާނެކަމުގެ
ބިރުދެއްކުން.
|
|
|
(ޓ)
|
ސިޔާސީ
ޕާޓީއަކަށް
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތެއް
ނުވަތަ
ޖަމްޢިއްޔާއަކަށް
މެންބަރުން
ވެއްދުމަށް
މަސައްކަތް
ކޮށްދިނުމާއި،
އެފަދަ
ކަމަކަށް
އެހީތެރިވެ
ދިނުން.
|
|
|
(ޔ)
|
ސިޔާސީ
ޕާޓީއަކުން
ނުވަތަ
ސިޔާސީ
މަޤްޞަދެއްގައި
ގޮވާލާ
ގޮވާލުމަކަށް
އިޖާބަ ދިނުމުގެ
ގޮތުން
މަސައްކަތްނުކޮށް
ހުއްޓާލުން.
|
|
|
|
ހުއްދަ ކަންތައްތައް
|
|
5.
|
މި
މާއްދާގައި
ބަޔާންކޮށްފައިވާ
ކަންކަން
ކުރުމަކީ
ސިވިލް
ސާރވިސްގެ
މުވައްޒަފަކަށް
މަނާކަމެއްނޫނެވެ.
އެހެންކަމުން
ސިވިލް
ސާރވިސްގެ
މުވައްޒަފަކަށް
އޭނާގެ ރުހުމާއި
އަމިއްލަ
އިޚްތިޔާރުގައި
އަންނަނިވި
ކަންކަން
ކުރެވިދާނެއެވެ.
|
|
|
(ހ)
|
އިންތިޚާބެއްގައި
ވޯޓު ދިނުން.
|
|
|
(ށ)
|
ސިޔާސީ
ޕާޓީއެއްގެ
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
ޖަމާއަތެއްގެ
ނުވަތަ ޖަމްއިއްޔާއެއްގެ
ނުވަތަ
ކުލަބެއްގެ
މެންބަރަކަށްވުން.
މިފަދަ
ޖަމްއިއްޔާ،
ޖަމާޢަތެއް
ނުވަތަ
ކްލަބެއްގެ
މެންބަރޝިޕް
ފީއަކީ އެ
ޖަމްއިއްޔާ،
ޖަމާޢަތް
ނުވަތަ
ކްލަބްގެ
ހިންގާ
ގަވާޢިދުގައި
ބަޔާންކުރެވިގެން
އެފަރާތުގެ
އެންމެހާ
މެންބަރުންދެއްކުމަށް
ކަނޑައަޅާފައިވާ
ފީ އެއްނަމަ
މެމްބަރޝިޕް
ފީ
ދެއްކުމަކީ
މި ގަވާއިދުގެ
4 ވަނަ
މާއްދާގެ
ދަށުން
މަނާކުރެވިފައިވާ
ސިޔާސީ
ޙަރަކާތެއް
ކަމަށް
ނުބެލެވޭނެއެވެ.
|
|
|
(ނ)
|
ސިޔާސީ
މަގްސަދެއް
ނުހިމެނޭ،
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިނުވާ
އަދި
އެއްވެސް
ސިޔާސީ
ޕާޓީއަކަށް
ބުރަނުވާ މަދަނީ
ޖަމްޢިއްޔާ
ތަކުގައި
ބައިވެރިވުމާއި،
އެފަދަ
ޖަމްޢިއްޔާ
އަދި
ޖަމާއަތްތަކުގެ
މަޤާމްތައް
ފުރުމާއި،
އެފަދަ
ޖަމްޢިއްޔާ
ތަކުގެ
ހަރަކާތްތަކުގައި
ބައިވެރިވުން.
|
|
|
(ރ)
|
ޕެޓިޝަން
ތަކާއި
އިލްތިމާސްތަކުގައި
ސޮއިކުރުން.
|
|
|
(ބ)
|
އެއްވެސް
ސިޔާސީ
މަގްސަދެއް
ނުހިމެނޭ
ޕެޓިޝަންތަކާއި
އިލްތިމާސްތައް
ލިޔެ ތައްޔާރުކޮށް
ހުށަހެޅުން.
|
|
|
(ޅ)
|
ސިޔާސީ
ޕާޓީއަކަށް
ނުވަތަ
ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތަކަށް،
ޖަމްޢިއްޔާއަކަށް
ނުވަތަ
އެފަދަ
ކްލަބަކަށް ތާއީދު
ކުރުމަށް
ނުވަތަ
އެއިން
ފަރާތަކާ ދެކޮޅުހެދުމަށް
ނުވަތަ
ސިޔާސީ
ސަބަބަކަށް ބޭއްވޭ
ޢާންމު
ބައްދަލުވުންތައް
ފިޔަވައި
އެހެނިހެން
ގޮތްގޮތުން
ބޭއްވޭ
ބައްދަލުވުންތަކުގައ
ތަގުރީރު
ކުރުމާއި،
ވާހަކަދެއްކުމާއި
ބަހުސްތަކުގައި
ބައިވެރިވުން.
ނަމަވެސް
މިއިން
ބައްދަލުވުމަކީ
އެއްވެސް
ސިޔާސީ
ޕާޓީއަކަށް
ނުވަތަ ސިޔާސީ
ހަރަކާތެއްގައި
ބައިވެރިވާ
އެއްވެސް
ޖަމާއަތަކަށް
ނުވަތަ
ޖަމްޢިއްޔާއަކަށް
ބުރަވާގޮތަށް
ނުވަތަ
އެއިންފަރާތަކާ
ގުޅުންހުރި
ހަރަކާތަކަށް
ވެގެންނުވާނެއެވެ.
|
|
|
(ކ)
|
ސިޔާސީ
ޕާޓީތަކުގެ
ނުވަތަ ސިޔާސީ
ހަރަކާތްތަކުގައި
ބައިވެރިވާ
ޖަމާއަތްތަކުގެ
ނުވަތަ
ޖަމްޢިއްޔާތަކުގެ
ނުވަތަ
ކްލަބްތަކުގެ
ޢާންމު
ބައްދަލުވުންތަކާއި
ޖަލްސާތަކަށް ހާޒިރުވުން.
އަދި
ޖަލްސާގައި
ނެގޭ
ވޯޓްތަކުގައި
ވޯޓުދިނުން.
|
|
|
(އ)
|
ސިޔާސީ
މަގްސަދްތަކުގައި
ބާއްވާ
ހަފްލާތަކަށާއި
އިޖްތިމާޢީ
ބައްދަލުވުންތަކަށް
ހާޒިރުވުން.
|
|
|
(ވ)
|
އިލްކްޝްންސް
ކޮމިޝަނުގެ
އެދުމަކަށް
އިލެކްޝަންސް
ކޮމިޝަނުން
ޢައްޔަންކޮށްގެން
ވޯޓު
ނެގުމުގެ
މަސައްކަތުގައި
ބައިވެރިވުމާއި
ވޯޓު
ގުނުމުގެ
މަސައްކަތުގައި
ބައިވެރިވުން.
|
|
|
|
މުވައްޒަފުންގެ
ޙައްޤު
|
|
6.
|
މި
ގަވާއިދުގެ 4
ވަނަ
މާއްދާގައި
ބަޔާންކޮށްފައިވާ
ހަރަކާތަކުންކުރެ
ހަރަކާތެއްގައި
ދިވެހި ސިވިލް
ސާރވިސްގެ
މުވައްޒަފަކު
ބައިވެރިވުމަށް
އޮފީހުގައި
އޭނާގެ
މައްޗަށް
ހުރި މުވައްޒަފަކު
އެދިއްޖެނަމަ،
ނުވަތަ
އެފަދަ ހަރަކާތެއްގައި
ބައިވެރިނުވުމުގެ
ސަބަބުން އެއްވެސް
ތަފާތެއް
އޭނާއާއިމެދު
ކުރެވިއްޖެކަމަށް
އެ
މުވައްޒަފަކަށް
ގަބޫލު
ކުރެވޭނަމަ
އެމައްސަލައެއް
ސިވިލް
ސާރވިސް
ކޮމިޝަނަށް
ހުށަހެޅުމުގެ
ޙައްޤު
އެމުވައްޒަފަކަށް
ލިބިގެންވެއެވެ.
އަދި އެއިން
ކަމަކާ
ގުޅުވައިގެން ވަޒީފާއިން
ވަކިކުރެވުނު
ކަމަށް
މުވައްޒަފަކަށް
ފެނިެއްޖެ
ނަމަ އެމައްސަލައެއް
ސިވިލް
ސާރވިސް
ކޮމިޝަނަށް
ހުށަހެޅުމުގެ
ޙައްޤު
އެމުވައްޒަފަކަށް
ލިބިގެންވެއެވެ.
|
|
|
|
ތަންފީޒުކުރުމުގެ
މަސްއޫލިއްޔަތު
|
|
7.
|
މި
ގަވާއިދު
ތަންފީޒު
ކުރުމުގެ
މަސްއޫލިއްޔަތު
އަދާކުރާނީ
އޮފީސް
އޮފީހުގެ
ޒިއްމާދާރު
އިސްވެރީންނާއި
ސިވިލް
ސަރވިސް
ކޮމިޝަނުންނެވެ.
އަދި މި
ގަވާއިދުގައިވާ
ކަންކަން
ދިވެހި ސިވިލް
ސާރވިސްގެ
މުވައްޒަފުންނަށް
އެންގުމަކީވެސް
އޮފީސް
އޮފީހުގެ
ޒިއްމާދާރު
އިސްވެރީންނާއި
ކޮމިޝަނުގެ
މަސްއޫލިއްޔަތެކެވެ.
|
|
|
|
ތަންފީޒު
ކުރާނޭގޮތް
|
|
8.
|
މި
ގަވާއިދުގައި
ދިވެހި
ސިވިލް
ސާރވިސްގެ މުވައްޒަފަކު
ކުރުން މަނާކޮށްފައިވާ
ކަމެއް
ކޮށްފިނަމަ
އެކަމުގެ ޝަކުވާ
ހުށަހަޅާނީ
ސިވިލް
ސަރވިސް
ކޮމިޝަނަށެވެ.
މި
ގަވާއިދުގައި
ދިވެހި
ސިވިލް ސާރވިސްގެ
މުވައްޒަފަކު
ކުރުން
މަނާކޮށްފައިވާ
ކަމެއް
ކޮށްފިކަމުގެ
ޝަކުވާ
ކޮމިޝަނަށް
ހުށަހެޅުމުގެ
ބާރު
އެމުވައްޒަފަކު
ވަޒީފާ
އަދާކުރާ
އޮފީހުގެ
ޒިއްމާދާރު
އިސް
ވެރިޔާއަށާއި
އެފަދަ ކަމެއް
ކޮށްފިކަން
އެނގުނު
ކޮންމެ
މީހަކަށް
ލިބިގެންވެއެވެ.
މި ފަދަ
ޝަކުވާ
ކޮމިޝަނަށް
ހުށަހަޅާނީ،
އެކަމަށް
ކޮމިޝަނުން
ކަނޑައަޅާފައިވާ
ފޯމުގައިވާ
ނަމޫނާއާއެއްގޮތަށް
ތައްޔާރުކޮށްފައިވާ
ލިޔުމަކުންނެވެ.
|
|
|
|
މައްސަލަ
ބަލާ ކޮމިޓީ
|
|
9.
|
މިގަވާއިދުގެ
8 ވަނަ
މާއްދާގައިވާ
ގޮތުގެ މަތީން
ކޮމިޝަނަށް
ހުށަހެޅޭ
މައްސަލަތައް
ބަލައި އެ
މައްސަލައެއް
ކޮމިޝަނުން
ނިންމަން
ފެންނަގޮތް
ކޮމިޝަނަށް
ހުށަހެޅުމަށްޓަކައި
ކޮމިޝަނުން
ދާއިމީ
ކޮމިޓީއެއް
އުފައްދަންވާނެއެވެ.
މި
ކޮމިޓީއަށް
ކިޔާނީ ކޮމިޝަނަށް
ހުށަހެޅޭމައްސަލަތައް
ބަލާ
ކޮމިޓީއެވެ.
|
|
10.
|
މި
ގަވާއިދުގެ 9
ވަނަ
މާއްދާގައި
ބަޔާންކޮށްފައިވާ
މައްސަލަ
ބަލާ
ކޮމިޓީގެ
މަސައްކަތް
ހިންގަމުންދާނީ،
ކޮމިޝަނުން
ކަނޑައަޅާ
ކޮމިޝަނުގެ
މެންބަރެއްގެ
ބެލުމުގެ
ދަށުންނެވެ.
މި ކޮމިޓީގެ
މަސްއޫލިއްޔަތަކީ
މި
ގަވާއިދުގެ
ދަށުން
ސިވިލް
ސާރވިސްގެ
މުވައްޒަފުން
ހުށަހަޅާ މައްސަލަތައް
ބަލައި
އެމައްސަލަތައް
ނިންމަންފެންނަގޮތް
ކޮމިޝަނަށް
ހުށަހެޅުމެވެ.
ކޮމިޓީއިން
ހުށަހަޅާގޮތަށް
މައްސަލައެއް
ނިންމުމަށް
ކޮމިޝަނުގެ
މައްޗަށް
ލާޒިމެއް
ނުވާނެއެވެ.
ނަމަވެސް
މައްސަލަބަލާ
ކޮމިޓީއިން
މައްސަލައެއް
ނިންމުމަށް
ހުށަހެޅިގޮތާ
ތަފާތުގޮތަކަށް
ނިންމަން
ކޮމިޝަނުން
ކަނޑައަޅައިފިނަމަ
އެގޮތަށް
ކޮމިޝަނުން
ނިންމި
ސަބަބު
ސާފުކޮށް
އެނގޭނޭހެން
ލިޔެ
ކޮމިޝަނުގެ
މެންބަރުން
ސޮއިކުރާންވާނެއެވެ.
|
|
11.
|
މި
ގަވާއިދުގެ
ދަށުން
ސިވިލް
ސާރވިސްގެ
މުވައްޒަފަކު
ކޮމިޝަނަށް
މައްސަލައެއް
ހުށަހެޅުމުން
އެމައްސަލައެއް
ލަސްނުކޮށް
މައްސަލަބަލާ
ކޮމިޓީއަށް
ފޮނުވަންވާނެއެވެ.
|
|
|
|
ތަޙްޤީޤު
ކުރުން
|
|
12.
|
ކޮމިޝަނަށް
ހުށަހެޅޭ
މައްސަލައެއް
ކޮމިޓީއަށް
ލިބޭތާ
ލަސްވެގެން 14
ދުވަހުގެ
ތެރޭގައި،
މައްސަލައިގެ
އަޑުއެހުމެއް
ކޮމިޓީއިން
ބާއްވަންވާނެއެވެ.
އެ އަޑުއެހުމުގައި
އެމުވައްޒަފަކު
އަމިއްލައަށް
ނުވަތަ
އޭނާގެ
ޤާނޫނީ
ވަކީލު
މެދުވެރިކޮށް
ވާހަކަދައްކައި
ހެކި
ހުށަހެޅުމުގެ
ފުރުސަތު
އެމުވައްޒަފަކަށް
ދޭންވާނެއެވެ.
މިގޮތުން
ބޭއްވޭ
އަޑުއެހުމުގެ
ރެކޯޑް ބަހައްޓައި،
މި
އަޑުއެހުމުގެ
ރިޕޯޓް
އެކުލަވާލާންވާނެއެވެ.
މައްސަލައިގެ
ފުރަތަމަ
އަޑުއެހުން
ބާއްވާ
ތާރީޚުން
ފެށިގެން 45
ދުވަހުގެ
ތެރޭގައި
ކޮމިޓީއިން
މައްސަލަބަލައި
ނިންމުމަށްފަހު
އެމައްސަލަ
ނިންމަން
ފެންނަގޮތުގެ
ރިޕޯޓު ކޮމިޝަނަށް
ހުށަހަޅަންވާނެއެވެ.
|
|
|
|
މަނާކަމެއް
ކޮށްފިކަމަށް
ފެނިއްޖެނަމަ
ޢަމަލުކުރާނެގޮތް
|
|
13.
|
މި
ގަވާއިދުގެ 4
ވަނަ
މާއްދާގައި
ބުނެފައިވާ
ކަމެއް
މުވައްޒަފަކު
ކުރިކަމަށް
ކޮމިޝަނަށް
ފެނިއްޖެނަމަ
އެމުވައްޒަފަކާމެދު
ފިޔަވަޅު
އަޅާނީއެވެ.
މިގޮތުން
އަންނަނިވި
ފިޔަވަޅުތައް
އެޅުމުގެ
ބާރު
ކޮމިޝަނަށް
ލިބިގެންވެއެވެ.
މިގޮތުން
އެޅޭނޭ ފިޔަވަޅުތަކަކީ
ލިޔުމުން އިންޒާރު
ކުރުމާއި،
ޕްރޮބޭޝަންގައި
ބެހެއްޓުމާއިި،
މުސާރަ ކުޑަކުރުމާއި،
ދަށްމަގާމަކަށް
ބަދަލުކުރުމާއިި،
ވަޒީފާއަށް ނުނިކުމެހުރުމަށް
އެންގުމާއި،
ވަޒީފާއިން ވަކިކުރުމެވެ.
|
|
ހުށަހަޅާފައިވާ
ގޮތަށް
ކޮމިޝަނަށް
ނުފެނުން
|
|
14.
|
މި
ގަވާއިދުގެ 4
ވަނަ
މާއްދާގައި
ބުނެފައިވާ
ކަމެއް އެ
މުވައްޒަފު
ކުރިކަމަށް
ކޮމިޝަނަށް
ނުފެނިއްޖެނަމަ،
އެކަން
އެމުވައްޒަފަށާއި
މައްސަލަ
ހުށަހެޅިފަރާތަށް
އަންގަންވާނެއެވެ.
|
|
|
|
ކޮމިޝަނުގެ
ނިންމުމާމެދު
މުވައްޒަފު
ހިތްހަމަނުޖެހުން
|
|
15.
|
މި
ގަވާއިދުގެ 13
ވަނަ
މާއްދާގައިވާ
ގޮތުގެމަތީން
އެމުވައްޒަފެއްގެ
މައްޗަށް
އަޅަން
ނިންމި
ފިޔަވަޅާމެދު
އެމުވައްޒަފަކު
ހިތްހަމަ
ނުޖެހޭނަމަ، އެނިންމުމެއް
އަލުން
ބަލައިދިނުމަށް
އެދި،
އެގޮތަށް
ކޮމިޝަނުން
ނިންމާ
ތާރީޚުން ފެށިގެން
30 ދުވަހުގެ
ތެރޭގައި
އެކަމެއް
ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ
ޓްރިބިއުންލްއަށް
ނުވަތަ
އެފަދަ
ޓްރިބިއުނަލްއެއް
ނެތްނަމަ
ދިވެހިރާއްޖޭގެ
ކަމާބެހޭ
ކޯޓަށް
ހުށަހެޅުމުގެ
ޙައްޤު
އެމުވައްޒަފަކަށް
ލިބިގެންވެއެވެ.
|
|
|
|
16.
|
ސިވިލް
ސާރވިސްގެ
ޤާނޫނުގެ 53
ވަނަ މާއްދާ
އާއި
ޚިލާފަށް
ސިޔާސީ
ހަރަކާތެއް
ހިންގުމުގެ
ސަބަބުން
ވަޒީފާއިން
ވަކިކުރެވޭ
މީހަކަށް
ސިވިލް
ސާރވިސްގެ
ވަޒީފާއަކުން
އެމީހަކު
ވަކިކުރެވުނު
ތާރީޚުން ފެށިގެން
ގިނަވެގެން 1
އަހަރު
ވަންދެން
ދިވެހި
ސިވިލް
ސާރވިސްގެ
ވަޒީފާއަކަށް
ކުރިމަތި
ނުލެވޭގޮތަށް
ހަމަޖެއްސުމުގެ
ބާރު
ކޮމިޝަނަށް
ލިބިގެންވެއެވެ.
|
|
17.
|
މި
ގަވާއިދަށް
އަމަލުކުރާނީ
01 މެއި 2008 އިން
ފެށިގެންނެވެ.
|