ނަންބަރު:  7/IU/2008 /188-CA

 

އިޢުލާން

ސަރުކާރުގެ މުވައްޒަފުންނާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތާ 02 މާރޗް 2008 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޙަވާލުވުން

 

ޤާނޫނު ނަންބަރު 68/1ޖ. (އޮފިޝަލް ކަންތައް) ޗެޕްޓަރ 1 ގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކަންކަމަށް މީހުން އިސްކުރުމާއި، އެކަންކަމުން ދުރުކުރުމާއި، އެއްކަމުން އަނެއްކަމަށް ބަދަލުކުރުމާއި، ޤާނޫނު ނަންބަރު 80/13 (ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މިކަންކަމުގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ހިމެނޭނޭ މުވައްޒަފުންގެ ވަޒީފާގެ ޚިދުމަތާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، 2 މާޗް 2008 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުގެ މަސައްކަތްތަކުގެ ތެރެއިން ވަކިކޮށް، އެދުވަހުން ފެށިގެން، އެމަސައްކަތްތައް ސިވިލް ސަރވިސް ކޮމިޝަނާ ޙަވާލުކުރައްވަން 3 ފެބްރުއަރީ 2008 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2008 އިން ނިންމަވައިިފިއެވެ.

ވުމާއެކު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ހިމެނޭނޭ މުވައްޒަފުންގެ ވަޒީފާގެ ޚިދުމަތާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތާ 02 މާޗް 2008 ގައި މި ކޮމިޝަނުން ހަވާލުވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

26 މުޙައްރަމް 1429    

03 ފެބްރުއަރީ 2008   

 

All rights reserved by Civil Service Commision of Maldives, 2008